
모하메드 무이주
@MMuizzu · 아시아
이스라엘국은 아시아 섹션의 몰디브 관련 정부·공공업무 보도를 위해 모하메드 무이주를 팔로우합니다.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދިގުމުއްދަތެއްގައި ޚިދުމަތް ކުރެއްވި އަދި އިސް މަގާމުތަކެއް ފުރުއްވި މ.އެކޯ ޢަބްދުالله ޝަރީފު އަވަހާރަވީ ޚަބަރު އަޅުގަނޑު އަޑުއެހީ ވަރަށްފުން ހިތާމައާއެކުގައި. ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވުމުގެ އިނާމު 2023ވަނަ އަހަރު ޙާޞިލުކުރައްވައިފައިވާ، ޢަބްދުﷲޝަރީފު، 41އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތްކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، 34އަހަރަށްވުރެ ދިގުމުއްދަތެއްގައި ވަނީ ޚިދުމަތްކުރައްވައިފައި. ޢަބްދުﷲ ޝަރީފް ފާހަގަކުރެވިފައި ވަނީ، ވަރަށް ހިންގުންތެރި އަދި ވަރަށް އިޚުލާޞްތެރިކަމާއި ތެދުވެރިކަމާއެކު ޚިދުމަތްކޮށްދެއްވި، މަސައްކަތުގެ އަޚުލާޤު ހިފެހެއްޓެވި ބޭފުޅެއްގެ ގޮތުގައި. ޢަބްދުالله ޝަރީފް އަވަހާރަވުމުގެ ހިތާމައިގައި، މަރްޙޫމްގެ ޢާއިލާއަށް ވަރަށް އިޚުލާޞްތެރިކަމާއެކުގައި ތަޢުޒިޔާ ދަންނަވަން. މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، މަރްޙޫމް ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި! އާމީން.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ، މީގެ ދެ ދުވަސް ކުރިން ހިނގި މަގުމަތީ އެކްސިޑެންޓެއްގައި ޒަޚަމްވި ކުޑަ ކުއްޖަކު ނިޔާވުމާއި، މިއަދު އިމާރާތަކުން ވެއްޓުނު ތުއްތު ކުއްޖަކު ނިޔާވި ޚަބަރުން، މުޅި ޤައުމަށްވެސް ނުތަނަވަސް އަދި ހިތާމަވެރި އިޙްސާަސްތަކެއް ކޮށްފި. މި މަޢުޞޫމް 2 ކުދިންގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަން. އަދި، އެ ދެ މަރްޙޫމުން، ސުވަރުގޭގެ މަތިވެރި ނިޢުމަތްތަކާއި ފާގަތިކަމުގައި ލެހެއްޓެވުން އެދި ދުޢާކުރަން. މަގުމައްޗާއި އުސް އިމާރާތްތަކުގައި ހިނގާ މިފަދަ ކުއްލި ނުރައްކާތެރި އެކްސިޑެންޓްތަކާމެދު ޢާއްމު ހޭލުންތެރިކަން އިތުރުކުރުމަކީ މުޅި މުޖްތަމަޢު ގުޅިގެން ކުރަން ޖެހިފައިވާ ޤައުމީ އަދި އިންސާނީ މަސައްކަތެއް. ވަކިން ޚާއްޞަކޮށް އުސް އިމާރާތްތަކުގެ ކުޑަދޮރު، ބެލްކަނި، ރެއިލިންގ ފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުން މުހިންމު. ނަފްސާނީ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ތުއްތު ކުދިން ބެލެހެއްޓުމުގައި، އެފަދަ މީހުންނާއި ކުދިން އުޅޭ ގޭގެގައި އިމާރާތްތައް ބަލަހައްޓާ ފަރާތްތަކާއި ޢާއިލާތައް ގުޅިގެން ޒިންމާދާރު ފިޔަވަޅުތަކެއް އަޅަން ޖެހޭ. ސަރުކާރާއި ކުންފުނިތަކާއި މަދަނީ ޖަމުޢިއްޔާތަކާއި އަދި އެންމެހައި ފަރުދުން ގުޅިގެން، ޚާއްޞަ އިސްކަމެއް ދީގެން، މަގުމައްޗާއި އިމާރާތްތަކުގެ ސަލާމަތް ޔަޤީންކޮށް، ހޭލުންތެރިކަން އިތުރުކުރުމުގެ ޕުރޮގްުރާމުތައް، ވަރަށް ރަނގަޅަށް އިންތިޒާމުކުރެވިގެން ކުރިއަށް ގެންގޮސްދެއްވުމަށް އަޅުގަނޑު އިލްތިމާސްކުރަން. ދިވެހި މުޖްތަމަޢާއި ޢާއިލާތަކަށް ސަލާމަތާއި އަމާންކަން މާތްﷲ މިންވަރުކުރައްވާށި.!އާމީން
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ ފެލިދެ އަތޮޅު އަތޮޅުވެރިކަމާއި އެ އަތޮޅުގެ އިސް މަޤާމުތަކެއް ފުރުއްވައި، ދިވެހި ދައުލަތަށް 53 އަހަރަށްވުރެ ދިގުމުއްދަތެއްގައި ޚިދުމަތް ކުރެއްވި، ހަރުދަނާ ޝަޚްޞިއްޔަތެއްކަމުގައިވާ، ވ.ކެޔޮދޫ، އަލިވާގޭ، ޢަބްދުއްލަޠީފް ޙަސަން އަވަހާރަވުމުގެ ހިތާމައިގައި، މަރްޙޫމްގެ ޢާއިލާއަށާއި ފެލިދެ އަތޮޅުގެ ރައްޔިތުންނަށް ނުހަނު އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަން. މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، މަރްޙޫމް ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި! އާމީން
ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް އެކުލަވާލައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ވާނީ ފޮނުވާފައި. މި ބިލު ހުށަހެޅުމުގެ މައިގަނޑު އެއް ބޭނުމަކީ، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުޙައްޤުން ހޯދާ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި، އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމަށްޓަކައި، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ޤާނޫނީ އޮނިގަނޑެއް ތަޢާރުފުކުރުން. މީގެ ސަބަބުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ކުށް ކޮށްގެން ހޯދާ މުދަލުން މާލީ މަންފާ ހޯދުން ހުއްޓުވޭނެ. އަދި އެކިފަރާތްތަކުން ޖިނާއީ ބޮޑެތި ކުށްކޮށްގެން ހޯދާފައިވާ ދައުލަތުގެ މުދާ ދައުލަތަށް ނެގުމުގައި މިހާރު ދިމާވެފައިވާ ޤާނޫނީ މައްސަލައަށްވެސް މިބިލުން ޙައްލެއް ލިބިގެންދާނެ.
On #WorldHumanitarianDay, we stand in solidarity with humanitarian personnel around the world who risk their lives in the service of humanity. At a time of growing humanitarian need, nowhere is the failure to protect civilians and aid workers more evident than in Gaza. The Maldives condemns the obstruction of humanitarian aid and violence against relief personnel and reiterates its call for an immediate and permanent ceasefire. We honour those who serve as humanitarians, and those who have made the ultimate sacrifice so that others may live. Their courage demands our collective commitment to uphold international humanitarian law and ensure the protection of all humanitarian personnel. #ActForHumanity